އަލަށް ވަޒީފާއަށް އަންނަ ބިދޭސީންނަށް މިއަދުން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެވޭނެ: އިމިގްރޭޝަން

އަލަށް ވަޒީފާއަށް އަންނަ ބިދޭސީންނަށް މިއަދުން ފެށިގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމް ހަމައްޖައިފި ކަމަށް އެމިގްރޭޝަން އިން ބުނެފިއެވެ. ވެލާނާ އިންޓަނޭޥަނަލް...

03 Apr 2019 | 13:05

އަލަށް ވަޒީފާއަށް އަންނަ ބިދޭސީންނަށް މިއަދުން ފެށިގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމް ހަމައްޖައިފި ކަމަށް އެމިގްރޭޝަން އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޥަނަލް އެއާޕޯޓު ފިޔަވައި، އެހެން އެއާޕޯޓަކުން އަލަށް ރާއްޖެއަށް ވަޒީފާއަށް އަންނަ ބިދޭސީން އެތެރެކުރާ މީ ފުރަތަމަ ފަހަރެވެ. ނަމަވެސް ވާރކް ވިސާ ލިބިފައިވާ ބިދޭސީންނަށް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ އިންތިޒާމް މީގެ ކުރިން ހަމަޖެހިފައިވާނެ ކަމަށްވެސް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

ގަން އެއާޕޯޓުން ރާއްޖެއަށް އަލަށް ވަޒީފާއަށް އަންނަ ބިދޭސީން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ، އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެދިލެއްވުމަކަށް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެ އިދާރާއިން އިތުރަށް ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ ބިދޭސީން އައްޑޫއަށް ގެންނަން ވަރަށް ބޮޑު ހޭދައެއް ކުރާކަމުގައެވެ. އެމީހުން އައްޑޫއަށް ނުފުރި މާލޭގައި މަޑުކުރަން ޖެހިއްޖެނަމަ، ކެއުމާއި ހުރުމަށްވެސް ހަރަދު ދާ ކަމަށް އިމިގްރޭޝަނަނުން ބުންޏެވެ.

އިމިގްރޭޝަންގެ މަގްސަދަކީ އެ އިދާރާއިން ދެވޭ ހިދުމަތްތައް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެނައުމަށާއި، ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ދެވޭނެ ގޮތް ހެދުމަށް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައިވެސް އެ އިދާރާއިން މަސައްކަތްކުރާނީ ރައްޔިތުންނަށް ފަސޭހަ ހިދުމަތްތައް ލިބޭނެ ކަންކަން ތައާރަފްކޮށް ހިދުމަތްތައް ފުޅާ ކުރުން ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް