ޔޫއެސް ގައި އުމުރުން 13 އަހަރުގެ ކުއްޖަކު އަމިއްލައަށް މަސައްކަތްކޮށްގެން މަންމަ އަށް ކާރެއް ގަނެދީފި

އުމުރުން ތޭރަ އަހަރުގެ ވިލިއަން އަމިއްލައަށް މަސައްކަތް ކޮށްގެން މަންމައަށް ކާރެއް ގަނެދީފިއެވެ. ވިލިއަމް އަކީ ޔުނައިޓެޑް ސްޓޭޓްސް ގެ ނެވާޑާ ސިޓީއަށް އުފަން ކުއްޖެކެވެ. ކްލަބްފުޓް ބަލީގެ ޝިކާރައަކަށް ...

03 Apr 2019 | 12:43

އުމުރުން ތޭރަ އަހަރުގެ ވިލިއަން އަމިއްލައަށް މަސައްކަތް ކޮށްގެން މަންމައަށް ކާރެއް ގަނެދީފިއެވެ. ވިލިއަމް އަކީ ޔުނައިޓެޑް ސްޓޭޓްސް ގެ ނެވާޑާ ސިޓީއަށް އުފަން ކުއްޖެކެވެ.

ކްލަބްފުޓް ބަލީގެ ޝިކާރައަކަށް ވެފައިވާ ވިލިއަމް އަބަދުވެސް މަންމައަށް ބޮޑު ހަދިޔާއެއް ދޭން ބޭނުންވާކަމަށް އޭނާ ބުންޏެވެ. ތިން ދަރިން ބަލަމުން އަންނަ އޭނާގެ މަންމައަށް ކާރެއް ގަނެދިނުމުގެ ހިޔާލު އައީ، ފޭސްބުކްގައި ވައިޓް ޝެވްރޮލެޓް މެޓްރޯ ކާރެއް ވަރަށް އަގުހެޔޮކޮށް ވިއްކާލަން ޖަހާފައިވާ ތަން ފެނުމުންނެވެ.

ވިލިއަމް ބުނިގޮތުގައި، އެކާރު ވިއްކަން ޖަހާފައިވާ މީހާ، އޭނާ އަކީ ކުޑަ ކުއްޖެއްކަމުން ފުރަތަމަ ވިއްކަން މަނާ ކުރީއެވެ. ނަމަވެސް ވިލިއަމް މީހުންގެ ގޭގޭގައި މަސައްކަތް ކޮށްދީގެން ފައިސާ ހަމަކުރުމުން އެމީހާ ފަހުން ވިލިއަމްއަށް އެކާރު ވިއްކަން އެއްބަސްވީއެވެ.

ކާރު ގަންނަން ފައިސާ ހޯދުމުގެ ގޮތުން ވިލިއަމް ވަނީ ކައިރި ހިސާބުގެ ގޭގޭގައި މަސައްކަތް ކޮށްދީފައެވެ. އަދި މީހުންނަށް ކުނި އުކާލަދިން ކަމަށްވެސް ވިލިއަމް ބުންޏެވެ.

ވިލިއަމްގެ މަންމަ ކްރިސްޓަލް ބުނީ، ފުރަތަމަ ވިލިއަމް އައިސްފައި ކާރެއް ގަނެދިން ވާހަކަ ބުނުމުން ގަބޫލު ނުކުރާކަމުގައެވެ. ނަމަވެސް ދޮރުމަތީގައި އޮތް ކާރު ފެނުމުން ގަބޫލު ކުރެވުން ކަމުގައެވެ. އަދި ދަރިފުޅުގެ މަސައްކަތުން ފަހުރުވެރިވާ ކަމަށްވެސް ކްރިސްޓަލް ބުންޏެވެ.

ކްރިސްޓަލް އަކީ އެކަނިވެރި މަޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް