ނޫސްވެރިކަމުގެ އިނާމަށް 74 ފަރާތަކުން ނަން ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މީޑިއާ ކައުންސިލަށް މި އަހަރު ޖުމްލަ 74 ހުށަހެޅުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ. މީޑިއާ ކައުންސިލުން ބުނެފަ...

03 Apr 2019 | 12:17

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މީޑިއާ ކައުންސިލަށް މި އަހަރު ޖުމްލަ 74 ހުށަހެޅުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ބުނެފައިވާގޮތުގައި އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ނުވަ ދާއިރާއަށް 45 ހުށަހެޅުން ވަނީ ލިބިފައެވެ. އަދި ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ހުށަހެޅުން ލިބިފައިވާކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން ޕްރިންޓް އޮންލައިން ކެޓަގަރީން 33 ހުށަހެޅުމެއް އަދި ބްރޯޑްކާސްޓިން ކެޓަގަރީން ހަތް ހުށަހެޅުމެއް އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ފަސް ހުށަހެޅުމެއް އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ހުށަހެޅުމެއް ވަނީ ލިބިފައެވެ.

މީޑިއާ ކައުންސިލުން ކުރިން ހާމަކޮށްފައިވާގޮތުގައި މި ފަހަރުގެ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް