ދައުރު ނިމޭއިރު މ. އަތޮޅުގައި އެއާޕޯޓެއް އަޅައި ނާލާފުއްޓާއި މުލި ގުޅާލާނަން: ރައީސް

މި ދައުރު ނިމެންވާއިރަށް މ. އަތޮޅުގައި އެއާޕޯޓެއް އަޅައި، ނާލަފުއްޓާއި މުލި ގުޅައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މ.މުލަކުގައި ބ...

03 Apr 2019 | 11:57

މި ދައުރު ނިމެންވާއިރަށް މ. އަތޮޅުގައި އެއާޕޯޓެއް އަޅައި، ނާލަފުއްޓާއި މުލި ގުޅައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މ.މުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ.

އެމަނިކުފާނު ވަނީ މ. އަތޮޅުގައި އެއާޕޯޓެއް އަޅައިދޭނެކަމަށް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން ވައުދުވެވަޑައިގެންފައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަން ހަނދުމަފުޅު އެބަހުންނެވިކަމުގައެވެ.

މީގެ އިތުރުން ނާލަފުއްޓާއި މުލި ކޯޒްވޭއަކުން ގުޅާލައި، ނާލަފުށީގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ޒުވާނުންނަށް ކުރިއަށް އޮތް 3 މަސްދުވަހު ތެރޭގައި ބޭނުން ކުރެވޭވަރު ކޮށްދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މ. އަތޮޅުގައި އެއާޕޯޓު އަޅާނީ ކޮން ރަށެގައި ކަމެއް އެމަނިކުފާނުގެ ވާކަހަފުޅުގައި ފާހަގަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް