ޔާމީން އެނބުރި އަތުވެއްޖެނަމަ އުންމީދުތައް ފުނޑު ފުނޑު ވެގެންދާނެ: މިނިސްޓަރު ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެނބުރި އަތުވެއްޖެނަމަ، ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތައް ފުނޑު ފުނޑު ވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއ...

03 Apr 2019 | 11:22

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެނބުރި އަތުވެއްޖެނަމަ، ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތައް ފުނޑު ފުނޑު ވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޔާމިން އެނބުރި އަންނަން މަގުފަހިކޮށްފި ބަޔަކަށް ކުރިޔަށް އަންނަން އޮތް ޖީލުން މައާފް ނުކުރާނެ ކަމުގައެވެ.

https://twitter.com/abdulla_shahid/status/1113366122705772545

މިނިސްޓަރު މިހެން ވިދާޅުވިއިރު، ޔާމީން ވަނީ ވެރިކަމުގައި ހުންވައިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމުގެ ތުމަތުގައި ހައްޔަރު ކޮށްފައެވެ. އަދި ބަންދުގައި ބަހައްޓައިގެން ޝަރީއަތް ނިންމަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކޮށް، މާރޗް މަހުގެ 28 ވަނަ ދުވަހު ހައި ކޯޓުން ވަނީ ޔާމިން ދޫކޮށްލަން ހުކުމް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް