ހާމަކަމާއެކު ދެފުށް ފެންނަ އުސޫލުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބިޑް ކުރެވޭ ގޮތަށް ބިޑް ކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއެކު، ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ އަގުތައް 50 އިންސައްތައަށް ކުޑަވެގެންދިޔަތަން ފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ބިލެތްދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މީގެ ކުރިން ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް 70 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިހާރު ހަމަ އެފަދަ މަޝްރޫޢުތަކަށް ހުށަހަޅަނީ 27 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ޚިޔާލު ބައިވެރި ކުރެވޭނެ ގޮތްތަކެއް ހޯދައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ދެފުށް ފެންނަ އަދި ވާދަވެރި އުސޫލުތަކެއްގެ މަތިން އަމަލު ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ސަރުކާރުން ވެފައިވާ ޚިޔާނާތްތަކަށް އަލިއަޅުވާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް