ދިރާގުފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހިލޭ ގުޅައިދީ، 30 ޕަސެންޓްގެ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕ...

03 Apr 2019 | 10:12

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން، 6 މަސް ދުވަސް ވަންދެން %30ގެ އިތުރު ޑޭޓާ ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ 30 އޭޕްރިލް 2019 ގެ ނިޔަލަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު،  100އެމްބީޕީއެސް އަދި އެންމެ ބޮޑު އެކުލެވިގެންވާ ޚިދުމަތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން  2016ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 70% އަށް ފޯރުކޮށްދީފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް