ރޯދަމަހަށް ހާއްސަކޮށްގެން ޓިއުނީޝިއާގެ ޖަދީދާ މާޖިރިން އެސްޓީއޯ އިން ބާޒާރަށް ނެރެފި

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖަދީދާ މާޖިރީން، ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަރމާޓް އިން ބާޒާރަށް ތަޢާރަފް ކޮށްފިއެވެ. އެސްޓީއޯއިން ބުނިގޮތުގައި، އެސްޓީއޯއިން ވަނީ 5 ސައިޒެއްގެ ޖަދީދާ ...

03 Apr 2019 | 10:01

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖަދީދާ މާޖިރީން، ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަރމާޓް އިން ބާޒާރަށް ތަޢާރަފް ކޮށްފިއެވެ.

އެސްޓީއޯއިން ބުނިގޮތުގައި، އެސްޓީއޯއިން ވަނީ 5 ސައިޒެއްގެ ޖަދީދާ މާޖިރީން ތަޢާރަފްކޮށް ހެޔޮއަގުތަކެއްގައި ވިއްކަން ފަށާފައެވެ. އަގުހެޔޮކުރި ސައިޒުތަކަށް ބަލާލާއިރު، އާންމު ގޭބިސީތަކަށް ޚާއްސަ 250 ގުރާމް، 450 ގުރާމް، 1 ކިލޯ އާއި 2.5 ކިލޯ، އަދި ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް 9.5 ކިލޯގެ ޓައްޕު ހިމެނޭ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ޖަދީދާ މާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށާއި، މިއީ މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ އެންމެ އަގުހެޔޮ މާޖިރީން ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

ޖަދީދާ މާޖިރީންގެ ރީޓެއިލް އަގުތަކައް ބަލާލާއިރު، 250 ގުރާމްގެ ތައްޓެއް 15ރ އަށް، 450 ގުރާމްގެ ތައްޓެއް 22ރ އަށް، 1 ކިލޯގެ ތައްޓެއް 45ރ އަށް، 2.5 ކިލޯގެ ތައްޓެއް 90ރ އަށް އަދި މީގެއިތުރުން ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ޚާއްސަކޮށް 9.5 ކިލޯގެ ޓައްޕެއް 270ރ އަށް ލިބޭނެއެވެ. ހަމައެއާއެކު ހޯލްސޭލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު ޑިސްކައުންޓް އަގުތަކެއްގައި ޖަދީދާ މާޖިރީން ލިބޭނެ ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ.

ޖަދީދާ ބްރޭންޑްގެ މާޖިރީން ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުންނާއި، ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ.

އެސްޓީއޯ ސުޕަރމާޓްއަކީ ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ތަފާތު ގިނަ ބާވަތްތަކެއް އެކި ގައުމުތަކުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުން ގެންދާ ފަރާތެކެވެ. އަދި ހާއްސަކޮށް ރޯދަމަހު ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ މުހިއްމު ހިއްސާދާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް