ރައްޔިތުންގެ މަޖިލިސް އިންތިހާބު ވޯޓުލާ ދުވަސް ކަމުގައިވާ އަންނަ ހޮނިހިރު ދުވަހު ހއ. އުތީމު ގަނޑުވަރު، ހުވަދޫ ސަރަހައްދީ ދާރުލްއާސާރު އަދި ގައުމީ ދާރުލްއާސާރު ބަންދުވާނެ ކަމުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެފިއެވެ.
އެ ޑިޕާޓްމެންޓުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެދުވަހު އެ ތަންތަން ބަންދުވި ނަމަވެސް އޭޕްރީލް 7 އިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހުކުރު ދުވަހެއް ފިޔަވާ އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ 08:15 އިން 13:30 އަށް ކަމަށެވެ. އަދި ގައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ކޮންމެ ހުކުރު ދުވަހެއް ފިޔަވާ ހެނދުނު 10:15 އިން 15:30 އަށް ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް