ޝަޤީފް ހޮވުމުގައި އެކި ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ފަރާތްތައްވެސް ޝާމިލްވާކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޘަޤީފްގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ ޝައިޚް އިމްރާން ވިދާޅުވީ "ޝަޤީފް ހޮވުމުގައި އެކި ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ފަރާތްތައްވެސް ޝާމިލްވާގޮތަށް އެންމެންގެ ވިސްނުން އެބަހުރި ކަމަށާއި މިވަގުތު ނިކުންނަވާފަތިބި ކެނޑިޑޭޓުންގެ ތެރެއިން ވައިކަރަދޫ ދާއިރާއަށާއި މިޤައުމުގެ މަސްލަހަތުހުރީ ޘަޤީފްކަން އެންމެނަށްވެސް އެބަ ޤަބޫލުކުރެވޭ" ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ހުރިހާ ކުލައެއް އެކުވެގެން ޘަޤީފް ނަގައިގެން އަމާޒު ހިފާނީ ދާއިރާގެ ތަރައްޤީއަށް ކަމަށާއި ދާއިރާގެ ހުރިހާ ރަށެއްގެ ތަރައްޤީއަށް، ދާއިރާގެ ހުރިހާ ބޭފުޅުންގެ މުސްތަޤުބަލަށް މަސައްކަތްކުރައްވާނެ ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. އަދި ﷲ ގެ އިރާދަފުޅާއެކު ޘަޤީފް ހޮވުމަށްފަހުގައި ހުރިހާ ޕާޓީތަކެއްގެ އެންމެންގެ ބައިވެރިވުމާއެކުގައި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ކުރާނެކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް