އެކި މީހުންގެ ހަށިގަނޑު ބައްޓަން ވެފައި ހުންނަނީ އެކި ގޮތަށެވެ. އެއްބައި މީހުން ފަލަ އިރު އަނެއް ބައި މީހުން ހިއްކެވެ. އެހެންނަމަވެސް އެންމެން ހިކިކޮށް ތިބޭކަށް ބޭނުމެއް ނުވާނެއެވެ. ގިނަ ބަޔަކު ފަލަކޮށް ތިބޭން ބޭނުން ނުވާ ބީދައިންނެވެ. ބަރުދަން އިތުރު ކޮށްލުމަކީ ފަސޭހަކަމެއް ކަމަށް ބައެއް މީހުންނަނަށް ހީވެދާނެއެވެ. އެހެން ނަމަވެސް ސިއްހީ ގޮތުން ރަނގަޅު ގޮތުގައި ބަރުދަން އިތުރު ކޮށްލުމަކީ ފެންފޮދެއް ދިރުވާލުންހާ ފަސޭހަ ކަމެއް ނޫނެވެ. ހަށިގަނޑުގެ ބަރުދަނާއި އެންމެ ބޮޑަށް ގުޅި ލާމެހިފައިވަނީ ހަމަ ކާ އެއްޗެއްސާއެވެ. މި ލިޔުމުގައި މި ހިމަނާލަކީ ހަށިގަނޑުގެ ބަރުދަން ސިއްހީގޮތުން ރަނގަޅު ގޮތުގައި އިތުރުކޮށްލަން ބޭނުންވާނަމަ ބޭނުން ކުރަންވީ އަދި ދިވެހި ބާޒާރުން ފަސޭހައިން ލިބެން ހުންނަ ފަސް ކާނާއެކެވެ.
1. ބުއްތަށި
ބުއްތަށި ނުވަތަ ކިރު ތައްޓަކުން ގިނަ އަދަދެއްގެ ޕްރޮޓީންސް ލިބެއެވެ. ޕްރޮޓީންސްގެ އިތުރުން ކެލްޝިއަމް، ކާރބްސްގެ އިތުރުން ހަށިގަނޑަށް ބެނުންވާ ބައެއް ވިޓަމިންސްވެސް ކިރުގައި އެކުލެވިގެންވެއެވެ.
2. ބަތް
ބަތަކީ ދިވެހިން އާދައިގެ މަތިން ކައި އުޅޭ އެއްޗެކެވެ. އެންމެ ބަތް ތައްޓަކުންވެސް (165 ގްރާމްގެ ތައްޓަކުން) 190 ކެލޮރީ ލިބެއެވެ. މިއީ ހަށިގަނޑުގެ ބަރުދަން އިތުރުކޮށްލުމަށް މުހިންމު އެއްޗެކެވެ. އެހެން ކަމުން ބަތް ކާ މިނަވަރު އިތުރުކޮށްލާށެވެ.
3. އަލުވި
އަލުއްވަކީ ގިނަ އަދަދެއްގެ ކާރބްސްގެ އިތުރުން ކެލޮރީ ހުންނަ އެއްޗެކެވެ. މީގެ އިތުރުން އަލުއްވަކީ ހަށިގަނޑުގެ މަސްތަކުގައި ގްލައިކޮޖެން ރައްކާ ކޮށްދޭ މިންވަރު އިތުރު ކޮށްދޭ އެއްޗެކެވެ.
4. ބިސް
ބިހަކީ ގިނަ އަދަދެއްގެ ޕްރޮޓީންސްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ރަނގަޅު ފެޓްސް ހިމެނޭ އެއްޗެކެވެ. ބަރުދަން އިތުރުކޮށްލަން ބޭނުންވާ ފަރާތަކުން ސިއްހީ ގޮތުން މައްސަލައެއް ނޫޅޭނަމަ ދުވާލެއްގެ މައްޗައް 3 ބިސް ކާލުމުން ބުއްދިވެރިއެވެ.
5. ނަޓްސް
ނަޓްސް އަކީ ގިނަ އަދަދެއްގެ ޕްރޮޓީންސްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ރަނގަޅު ފެޓްސް އެކުލެވިގެންވާ އެއްޗެކެވެ. ނަޓްސް މީ ފޫހިވުމުން ކާލަން ގެންގުޅެން ރަނގަޅު ކާނާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް