އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ އާމުންނާއި ހިނގި ކުރިމަތި ލުން ތަކެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ އޮފިސަލަކު މައުލޫމާތު ދީފައިވާ ގޮތުގައި އުމުރުން 23 އަހަރުގެ މުހައްމަދު އަދްވާން ޝަހީދުވި ހަމަލާގައި އިތުރު ތިން މީހަކު ޒަހަމަވެސް ވެފައިވެއެެވެ. އިސްރާއީލުން ބުނެފައިވަނީ ކުފްރ އަކަބް ސަރަހައްދުގައި ހިނގި ހަމަ ނުޖެހުނަތަކުގައި އިސްރާއީލުގެ ސިފައިންނާއި ދިމާއަށް ގަލާއި ގޮވާ ތަކެތި އުކުމުން ރައްދުގައި ހަމަލާ ދީފައިވާނެކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގެ ވެސްޓް ބޭންކް ހިފާފައިވަނީ 1967 ވަނަ އަހަރު ކުރި މެދު އިރުމަތީގެ ހަނގުރާމާގައެވެ. ފަލަސްތީނުން ދަނީ އެތަނާއި ގާޒާ ހިމެނޭ ގޮތަށް އަމިއްލަ ގައުމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އިސްރާއީލާއިއެކު ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތައް 2014 ވަނަ އަހަރު ވަނީ ހުއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް