ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވީ ފުލުހެއް – އެކަން މިދަނީ ތަހްގީގު ކުރަމުން: ފުލުހުން

ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވީ ފުލުހެއް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. "ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ކަމަށް ވާ ކުޑަކުއްޖެއް ސައ...

03 Apr 2019 | 05:15

ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވީ ފުލުހެއް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ކަމަށް ވާ ކުޑަކުއްޖެއް ސައިކަލު ވަށިގަނޑަށް ލައިގެން ދުއްވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ބުނެފައިވަނީ މި މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމުން، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އިން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ ލައިސަންސް ހިފެހެއްޓުމަށް ޓްރެފިކް ޕޮލިހުން ދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށާއި އަދި ކުޑަކުއްޖާގެ ފުރާނައަށް ނުރައްކާވާގޮތަށް އަމަލުކުރި މައްސަލަ ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ބަލަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ކުޑަކުދިންނަށް އަދި މީހެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ވެހިކަލް ދުއްވުން ފުލުހުން ކުށްވެރި ކުރާކަމަށާއި އަދި މިފަދަ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވާކަމަށެވެ. އަދި މަގުމަތީ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ މީހަކު ކުޑަކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވަމުން އަންނަ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް