ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް ޗިޓު ފޮނުވައިފި އެވެ.
ފައިސަލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު ފަހު 1:15 އަށެވެ. އޭނާ ފުލުހުން ހާޒިރު ކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ފައިސަލްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރު ހިމެނެ އެވެ.
ފައިސަލްގެ އިތުރުން މި ތިން ބޭފުޅުން އެ ދުވަހު ދެއްކެވި ވާހަކަތަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި އިންތި އާއި އަލީ ނަޒީރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ.
ފުލުހުން އެ ބޭފުޅުންގެ މައްސަލަބަލަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް