އިންޑިއާގައި އަންހެނުންނަށް ފުރުސަތު އޮތީ ޓީވީ ސީރީޒް ތަކުގައި އެކަނި

އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ އަންހެން ތަރިންނަށް ކާމިޔާބާއި ކުރިއެރުން ލިބޭނީ ޓިވީޒް ސީރީޒްތަކުގައި މަސައްކަތް ކޮށްގެން ކަމަށް ޓިވީ ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ނޭހާ...

03 Apr 2018 | 03:34

އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ އަންހެން ތަރިންނަށް ކާމިޔާބާއި ކުރިއެރުން ލިބޭނީ ޓިވީޒް ސީރީޒްތަކުގައި މަސައްކަތް ކޮށްގެން ކަމަށް ޓިވީ ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ނޭހާ މަރްދާ ބުނެފި އެވެ.

ކަލާސް އިން ދެއްކި "ބަލިކާ ވަދޫ" އިން ތައާރަފުވި ނޭހާ ބުނީ ބޮލީވުޑްގައި މަސައްކަތް ކުރާ އަންހެން ތަރިން މަދު އަހަރުތަކެއްގެ ތެރޭގައި ފަނޑުވެ ގެއްލިގެން ދާ ކަމަށެވެ. އަދި ފިލްމު ލިބުމުގެ ފުރުސަތުވެސް ގެއްލޭ ކަމަށާއި ބޮލީވުޑްގައި އަންހެން ތަރިންނަށް ކުރިއެރުމެތް ނެތް ކަމަށެވެ.

އެކަމަކު ސީރީޒްތަކުގައި ލީޑްރޯލުން އަބަދުވެސް ފެންނަނީ އަންހެނުން ކަމަށެވެ. ނޭހާ ބުނީ ސީރީޒްތައް އަންހެނުންނަށް އަމާޒުކޮށް ހަދާތީ އުފާވާ ކަމަށެވެ. އަދި ގިނަ އަންހެނުންނަށް ފުރުސަތު އޮންނާތީ އެމީހުންނަށް ވަރަށް ބޮޑު ކާމިޔާބެއް ލިބެމުންދާ ކަމަށެވެ.

ނޭހާ އިތުރަށް ބުނީ ބޮލީވުޑްގައި މަސައްކަތް ކުރުމަށް މިހާތަނަށް ފުރުސަތެއް ލިބިފައި ނެތް ނަަމަވެސް ލިބިއްޖެ ނަމަ ދޫކޮށްލާނަމޭ ނުބުނާނެ ކަމަށެވެ. އެއީ އޭނާ އަކީ އެކްޓްރެސް އަކަށްވާތީ ކޮންމެ ބަޔަކު ހުށަހެޅިޔަސް އެކްޓު ކުރަން ބޭނުންވާތީ ކަމަށެވެ.

ނޭހާ އާންމުންގެ މެދުގައި މަގުބޫލުވެގެން ދިޔައީ 2008 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު އޭނާ ކުޅެމުންދަނީ "ޕިޔާ އަކްބޭލާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް