އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޑިސަލްގެ އަގު ބޮޑު ކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ޑިސަލްގެ އަގު އުފުލެމުންދިއުމާއި ގުޅިގެން ކަމަށެވެ.
މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 20 ލާރި ބޮޑުކޮށެވެ. އެއީ 10.41 ރުފިޔާ އަށެވެ.
އެންމެ ފަހުން ޑިސަލްގެ އަގަށް ބަދަލު ގެނައިމީ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު އެސްޓީއޯއިން ނިންމާފައިވަނީ ޑިސަލް ލީޓަރަކުން 20 ލާރި އަގު ހެޔޮ ކުރުމަށެވެ.
މިއީ މިއަހަރު ތެރޭގައި އެސްޓީއޯއިން ޑިސަލްގެ އަގަށް ބަދަލުގެނައި ތިން ވަނަ ފަހަރެވެ. އަދި އަގުބޮޑު ކުރި ދެ ވަނަ ފަހަރެވެ.
އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑު ކުރި ނަމަވެސް، ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 10.11ރ. އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް