މިމަހުގެ ހަވަނަ ދުވަހު ރިލީޒް ކުރާ ބޮލީވުޑްގެ ފިލްމު "ބްލެކްމެއިލް" ގައި ޝާހިދް ކަޕޫރުގެ މަންމަ ނީލިމާ އަޒީމް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މީގެ ކުރިން އެކަން މީޑިއާއަށް އެނގިފައި ނުވާއިރު އަދިވެސް ނީލިމާ އެ ފިލްމުން ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް ނޭނގެ އެވެ. އެހެންވެ ނީލިމާ ފެނިގެންދަނީ ކޮން ރޯލަކުންތޯ ބަލަން ގިނަ ބަޔަކު އިންތިޒާރު ކުރާނެ ކަމަށް ބެލެވެ އެވެ.
ނީލިމާ އެންމް ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒްވި "ޔަޒް" އިންނެވެ. މީގެ ކުރިން ލީޑްރޯލް ތަކުން ފެނިގެން ދިޔަ އުމުރުން 58 އަހަރުގެ ނީލިމާ މިހާރު ފެނިގެންދަނީ މަންމައިންގެ ރޯލެވެ.
ނީލިމާގެ ދެ ދަރިން ބޮލީވުޑްގައި މަސައްކަތް ކުރެ އެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ޝާހިދް ކަޕޫރު ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދަމުން ދާއިރު ދެވަނަ ކައިވެންޏަށް ލިބިފައިވާ އިޝާން ކައްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމު މިމަހު ރިލީޒް ވާނެ އެވެ.
"ބްލެއކްމެއިލް" އަކީ ހެއްވާ މަޖާ ފިލްމެކެވެ. ފިލްމުގެ ޓީޒާ ފުރަތަމަ ފަހަރަށް އާންމު ކުރި ދުވަހުން ފެށިގެން "ބްލެކްމެއިލް" އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. އެ ޓީޒާގައި ފެނިގެން ދަނީ މޫނުގައި ކަރުދާސް ކޮތަޅެއް އަޅައިގެން ހަމައެކަނި ބޮކްސާ ލައިގެން ލީޑް ރޯލުން ފެނިގެންދާ އިރްފާން ހާން މަގުމަތީ ދުވާތަނެވެ.
"ބްލެކްމެއިލް"ގައި އިރްފާން ހާންގެ އިތުރުން ފެނިގެންދާނީ ކްރިތީ ސުލާރީ، ދިވްޔާ ދުއްތާ އަދި އިތުރު ތަރިންތަކެކެވެ. އަބީނޭ ޑިއޯ ޑައިރެކްޓު ކުރާ މި ފިލްމަކީ ޓީސީރީޒްގެ އުފެއްދުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް