އެންދެމުމަށްޓަކައި ފުޅިއަޅައިގެން ފީނަން އުޅުނު މީހަކު ޑީކޯވެގެން ގއ.ވިލިނގިއްޔަށް ގެންގޮސްފިއެވެ.
މި ހާދިސާގެ ހަބަރު އެމްއެންޑީއެފް ގެ ސަދަން އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް ބުނެފައިވަނީ ޑީކޯވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި ހާދިސާ ހިނގާފައިވަނީ ގއ.ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "އައްސާރިޔާ" ނަމަކަށް ކިޔާ ދޯނީގައި އެންދަމަން ފީނަން އުޅުމުގެ ތެރެއިންކަމަށެވެ.
އެމްއެންޑީއެފް އިން ވާނީ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް