ރާއްޖޭ  ކަނޑުން ލަންކާގެ 25 މަސްވެރިޔަކު ހައްޔަރުކޮށްފައިވޭ: ލަންކާ މީޑިއާ

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ ހަތަރު މަސް ބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ހަތަރު މަސްބޯޓުގައި އެކު ޖުމްލަ 25 މަސްވެރިޔަކު ތި...

03 Mar 2019 | 02:42

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ ހަތަރު މަސް ބޯޓެއް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ހަތަރު މަސްބޯޓުގައި އެކު ޖުމްލަ 25 މަސްވެރިޔަކު ތިބި ކަމަށް ލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ، ލަންކާއަށް ނިސްބަތްވާ ހަތަރު މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ކުޅުދުއްފުށީ ބަނދަރަށް އެ ބޯޓުތައް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހި ސިފައިން، މިހާރު ވަނީ ލަންކާގެ ކަމާބެހެ ވުޒާރާތަކަށް އެކަން އަންގާފައެވެ. އަދި އެ މަސްވެރިންނާއި އެ ހަތަރު ބޯޓު އަނބުރާ ލަންކާއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ލަންކާގެ ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަކަމުގައިވެސް ބުނެފައިވެއެވެ.

ދިވެހި ކަނޑުން ލަންކާގެ ހަތަރު މަސް ބޯޓު ހިފަހައްޓާފައިވާއިރު މި ފަހުން އިންޑިއާގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ދިވެހި މަސް ދޯންޏެއް އިންޑިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ދޯނި، އިންޑިއާ ކޯސްޓްގާޑުން ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް