ޕަރީއަކީ މަގޭ އަންހެނުން އެންމެ މޮޅަށް ކުޅުނު ފިލްމު – ވިރާތު

ހުކުރު ދުވަހު ސިނަމާތަކަށް އައިސްފައިވާ ފިލްމު ޕަރީއަކީ އަނުޝްކާ ޝަރުމާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ތަފާތު ރޯލަކުން އޭނާ ފެނިގެންދާ ފިލްމެކެވެ. ސުޕަނޭޗަރަލް ބިރުވެރި މިފިލްމުން  އަނުޝްކާގެ އިތުރު...

03 Mar 2018 | 07:30

ހުކުރު ދުވަހު ސިނަމާތަކަށް އައިސްފައިވާ ފިލްމު ޕަރީއަކީ އަނުޝްކާ ޝަރުމާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ތަފާތު ރޯލަކުން އޭނާ ފެނިގެންދާ ފިލްމެކެވެ. ސުޕަނޭޗަރަލް ބިރުވެރި މިފިލްމުން  އަނުޝްކާގެ އިތުރުން ދެން ފެނިގެންދާ ބައެއް ތަރިންނަކީ ޕަރަމްބްރަތާ، ރަޖަތް ކަޕޫރު އަދި ރިތާބަރީ ޗަކްރަބަތީއެވެ.

ފިލްމު ސިނަމާތަކަށް އައިސްފައިވާއިރު އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާތު ކޯލީވެސް ވަނީ މިފިލްމު ބަލާފައެވެ. ފިލްމު ބެލުމަށްފަހު ވިރާތު ކުރި ޓްވީޓެއްގައި ބުނެފައިވަނީ " ރޭގައި ޕަރީ ބަލައިފިން. އެއީ އަހަރެންގެ އަންހެނުން މިހާތަނަށް ކުޅުނު އެންމެ މޮޅު ފިލްމު. ގިނަ ދުވަސްތަކަކަށްފަހު ބެލުނު އެންމެ ރަނގަޅު އެއް ފިލްމު އެއީ. ކުޑަކޮށް ބިރުވެސް ގަތް. އެކަމު އަންހެނުންގެ މަސައްކަތަށް އަހަރެން ފަޚުރުވެރިވަން." މިހެންނެވެ.

މުޅިން އާ ޑައިރެކްޓަރެއްކަމަށްވާ ޕްރޮސިތް ރޯއީ ޑައިރެކްޓްކޮށްފައިވާ ޕަރީއަށް އަދި މާބޮޑު ތަރުޚީބެއް ލިބެމުންނުދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިފިލްމުގައި އަނުޝްކާގެ އެކްޓިން ރަނގަޅުކަމަށް ފިލްމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް