އިއްޔެ ހައްޔަރުކުރި މުޒާހިރީން ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖީދީ މަގުގައި ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކޮށްފައިވާ މުޒާހިރީން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. ރައީސް ނަޝިދު މިކަމަށް ގޮވާލަ...

03 Mar 2018 | 07:10

އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖީދީ މަގުގައި ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކޮށްފައިވާ މުޒާހިރީން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝިދު މިކަމަށް ގޮވާލައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ އިއްޔެ 17 އަށްވުރެ ގިނަ މުޒާހިރީން ހައްޔަރު ކުރި ކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމުގައިވާ އަބްދުލް ލަތީފް އާއި ރިޔާޒް އަބްދުﷲ ހިމެނޭ ކަމަށެވެ. އަދި އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް އާއި ރިފްގާ އަދި ވިމަންސް ވިންގުގެ މެމްބަރުންނާއި އިތުރު މުޒާހިރީން ހައްޔަރު ކޮށްފައިވާކަމަށެވެ.

ހައްޔަރު ކޮށްފައިވާ މުޒާހިރީން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް