އދ މާމިގިލީގައި ވިލާ ކުންފުނިން އެ އަތޮޅު މާމިގިލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށް އެންޑި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީއިން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ރިޕޯޓްގައި އެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ އެ އެއާޕޯޓް ތަރައްގީ ކުރުމަށް ވިލާއިން ސަރުކާރާއެކު 22 އޯގަސްޓް 2001ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްބުނާ މައްސަލައިގާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށެވެ.
އެ އެއްބަސްވުމުގައި އެފަދަ ކުށެއް ނުހިމެނޭ ކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައިވާ ކަމަށް އޭސީސީގެ ޑިސެމްބަރު ރިޕޯޓްގައި ހާމަކޮށްފައިވާއިރު ވިލާއާ އިން ތަރައްގީ ކޮށްފައިވާ މާމިގިލީ އެއާޕޯޓް ހިންގަން 99 އަހަރަށް އެ ކުންފުންޏަށް ދިނުމަށް މުއްދަތު އިތުރުކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިކޮނޮމިކް ކޮމިޓީން ފާސް ކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް