މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރި...

03 Mar 2018 | 06:29

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 26 އިން 28 އަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކަމަށާއި މި ޕްރޮގްރާމްގައި މާލިއްޔަތު ގަވާއިދުގެ ގިނަ ބައިތަކަކާބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނު ކަމަށް އޭސީސީން މައުލޫމާތު ދެ އެވެ.

"ޖުމްލަ 09 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމުގައި މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓް ބަޔާބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ދެވުނެވެ." އޭސީސީން ހާމަކޮށްފައި ވެ އެވެ.

އޭސީސީން އިތުރަށް ބުނެފައިވަނީ މި ޕްރޮގްރާމްގައި ދައުލަތުގެ 17 އިދާރާތަކުން ޖުމްލަ 43 މުވައްޒަފުން ބައިވެރިވި ކަމަށާއި މި ޕްރޮގްރާމްގައި އޭސީސީގެ ސެޝަން ހުށަހަޅާދީފައިވަނީ ކޮމިޝަނުގެ ކަމާބެހޭ ފަންނީ މުވައްޒަފުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް