ޓައިމްސް ސެލެބެސް ގެ އެއް ވަނާގައި ރަންވީރާއި ދީޕިކާ

2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލޯންޗްކޮށްފައިވާ ޓައިމްސް ސެލެބެސް އަކީ ކޮންމެ މަހަކު އާންމުކުރާ ރޭޓިންގ އެކެވެ. ފިލްމީ ތަރިންނަށް އެމަހަކު ބޮކްސް އޮފީހުގައި ލިބެމުންދާ ކުރިއެރުމާއި، ޕްރިންޓް މީޑި...

03 Mar 2018 | 01:45

2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލޯންޗްކޮށްފައިވާ ޓައިމްސް ސެލެބެސް އަކީ ކޮންމެ މަހަކު އާންމުކުރާ ރޭޓިންގ އެކެވެ. ފިލްމީ ތަރިންނަށް އެމަހަކު ބޮކްސް އޮފީހުގައި ލިބެމުންދާ ކުރިއެރުމާއި، ޕްރިންޓް މީޑިޔާއާއި ޓީވީ ޗެނަލުތަކުގައި ތަރިންގެ ޚަބަރާއި ތަފާތު އެކިކަހަލަ ވާހަކަތައް ޖަހާ ، ވާހަކަދައްކާ މިންވަރާއި، އިންޓަރނެޓާއި މީސްމީޑިޔާގައި ތަރިންގެ ވާހަކަތައް އެމީހުންގެ ފޭނުން ގެނެސްދޭވަރު ބަލާ ވަޒަންކުރުމަށްފަހު ކޮންމެ މަހަކުވެސް މިރޭޓިން އިއުލާންކުރެއެވެ. ބޮލީވުޑްގައި ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފައިވާ މިރޭޓިންގ ސިސްޓަމަކީ ޑިޖިޓަލް ސިސްޓަމެކެވެ.

މިރޭޓިންގެ މިއަހަރުގެ ޖެނުއަރީ މަހަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ޕަދްމާވަތީގެ ދެ އެކްޓަރުން ކަމުގައިވާ ރަންވީރު ސިން އާއި ދީޕިކާ ޕަދުކޯންއެވެ. ޕަދްމާވަތީގައި މިދެތަރިން ދައްކުވައިދީފައިވާ ރޯލްގެ ސަބަބުން ރޭންކުގެ އެންމެ ކުރިން މިދެތަރިން ޖާގަހޯދާފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ދީޕިކާ އުޅުނީ މިރޭންކިންގެ 5 ވަނާގައެވެ. އަދި ރަންވީރު އުޅުނީ 11 ވަނާގައެވެ. އެހެންކަމުން ދެތަރިންނަށް 1 ވަނަ އާ ހަމައަށް އައުމަށް ޕަދްމާވަތީ މިވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.

ޖެނުއަރީ މަހުގެ ރޭންކިންގެ ދެވަނާގައި އުޅެނީ ޝާހިދު ކަޕޫރް އާއި ސޯނަމް ކަޕޫރު އެވެ. ތިން ވަނައިގައި އުޅެނީ އާލިއާ ބަޓް އާއި އަކްޝޭ ކުމާރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް