ޔަމަނުގައި މުދިމަކު މިސްކިތުގައި ނަމާދަށް ހުއްޓާ ބަޑިން ހަމަލަދީ މަރާލައިފި އެވެ.
ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ބަޑީގެ ހަމަލާއެއްގައި މަރާލާފައިވަނީ ޔަމަނުގެ ހަދްރަމައުތުގައި ނަން މަޝްހޫރު މުދިމެކެވެ.
އަލް ހަބީބް އައިދްރީސް ބިން އަބްދުﷲ ބިން ސުމައިތު ނަމަކަށް ކިޔާ އެ މުދިމު މަރާލާފައިވަނީ ބަޔަކު އޭނާ އާއެކު މިސްކިތަށް ވަދެ އޭނާ ނަމާދުކުރަން ފެށި ތަނުން ބަޑީގެ ހަމަލާތަކެއް ދީގެންނެވެ.
ޔަމަނުގެ ބޮޑުވަޒީރު އަހްމަދު އޮބެއިދު މި ހަމަލާ ކުށްވެރި ކުރައްވާފައިވާއިރު މި ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ޔަމަނުގެ ފުލުހުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް