ކުޑަކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަ ހުށަހެޅީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތް ޕޮލިސް ޑީވިޝަންގައި ހިމެނޭ ރަށަކުންނެވެ. ފުލުހުން ބުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު މައްސަލަ ހުށަހެޅި ނަމަވެސް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ35 އަހަރުގެ މީހެކެވެ. އޭނާއަށް ތުހުމަތު ކުރަނީ މިދިޔަ އަހަރުގެ އެކި ދުވަސް މަތިން އުމުރުން15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތެވެ.
މި މައްސަލަ ފުލުހުން ބަލަމުންދާއިރު މިރޭ ފުލުހުން ވަނީ ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި ފިރިހެނެއްގެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް