ޕްރައިމަރީ ބޭއްވުމަށް ޕީޕީއެމްއަށް އީސީން ވޯޓު ފޮށިތަކެއް ދީފި

މިމަހުގެ ހަތް ވަނަ ދުވަހު ބާއްވާ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވޯޓުލުމަށް ބޭނުން ކުރަން އިލެކްޝަންސް ކޮމިޝަނުގެ ވޯޓު ފޮށިތަކެއް ދީފި އެވެ. އީސީގެ ނައިބު ރައީސް ކުރެއްވި ޓު...

03 Feb 2020 | 17:08

މިމަހުގެ ހަތް ވަނަ ދުވަހު ބާއްވާ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވޯޓުލުމަށް ބޭނުން ކުރަން އިލެކްޝަންސް ކޮމިޝަނުގެ ވޯޓު ފޮށިތަކެއް ދީފި އެވެ.

އީސީގެ ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ޕާޓީއަކާއި މެދު އިލެކްޝަންސް ކޮމިޝަނުން ތަފާތު ނުކުރާނެ ކަމަށެވެ. އަދި ސިޔާސީ މަންފާ ހޯދުމަށް ބުހުތާނު ދޮގު ހެދުމުން ފިތުނަވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ޕްރައިމަރީއަށް އީސީން ދޫކުރީ ކިތަން ވޯޓު ފޮށި ކަމެއް ނޭނގެ އެވެ. އަކްރަމް ކޮށްފައިވާ ޓުވީޓުތަކުން ގާތްގަނޑަކަށް31 ވަރަކަށް ވޯޓު ފޮށި ފެނެ އެވެ.

https://twitter.com/akram4535/status/1224373174587932672

އަކުރަމް މިކަން ހާމަކޮށް ޓުވީޓެއް ކޮށްފައި މިވަނީ ޕީއެންސީގެ ނައިބު ރައީސް އަހްމަދު ޝުޖާއު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައި ވަނީ އީސީގެ މުދާ ބޭނުން ކޮށްގެން ކަމަށާއި އެއީ ދައުލަތުގެ މުދާ ކަމުން އެކަން އެ ގޮތަށް ވެގެން ނުވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް އެ ފުރުސަތު ދޭނަމަ ޕީޕީއެމް އަށް ވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އަދި އީސީގެ ނައިބު ރައީސް އަކްރަމް އަކީ އެމްޑީޕީން ބޭނުންވާ ގޮތަކަށް ކަންކަން ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުގައި ހުންނަ އެ ޕާޓީގެ އެޖެންޓެއް ކަމަށް ވެސް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.

ޝުޖާއުގެ މި ވާހަކަތަކާއި ގުޅިގެން އަކްރަމް ކުރިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީއަށް ބޭނުންވާ ވޯޓު ފޮށިތައް އެކަމަށް އެދުމުން ހަމަޖައްސައިދޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ އީސީން އަދި އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޮމިޝަންގެ އެއްވެސް މެންބަރަކު ވަކި ސިޔާސީ ޕާޓީއަކަ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް