ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް އާންމުން ހޭލުންތެރި ކުރުމަށް ދޮރުން ދޮރަށް ހިންގައިގެން ހެލްތް މިނިސްޓްރީން މައުލޫމާތު ދޭން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި އަތޮޅުތަކުގެ125 ރަށެއްގައި މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ދޮރުން ދޮރަށް ހިނގައި މައުލޫމާތު ދިނުމުގެ އިތުރުން ސްކޫލް ކުދިންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮރޯނާ ވައިރަސްއާއި ގުޅޭ މައުލޫމާތާއި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ބުނެދޭނެ ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްތަކުގައި ވެސް ކޮރޯނާ ވައިރަސް އަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގާނެ އެވެ.
މިހާތަނަށް މި ބަލި ރާއްޖެއިން ފެނިފަ ނުވިނަމަވެސް ބައްޔަށް ޝައްކު ކުރެވިގެން ތިން މީހަކު ވަނީ ވައިރަސްއަށް ޓެސްޓުކޮށްފައި އެވެ. އެކަމަކު އެމީހުންގެ ޓެސްޓުތައް ނެގެޓިވް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް