ޓެސްކީ ޑްރައިވަރު ގާސިމް ހަސަންއަށް ހަމަލާދީ މަރާލިކަމަށް އެއްބަސްވެފައިވާ އަދުހަމް މުހައްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދުހަމްގެ ބަންދުގެ މުއްދަތު މީގެ ކުރިންވެސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ އިތުރުކޮށްފައި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމް ކުށަށް އިއުތިރާފްވިޔަސް، އޭނާއާ ދެކޮޅަށް އިތުރު ހެކި ހޯދާނެ އެވެ. އެ ހަމަލާދިނުމަށް ބޭނުންކުރި ވަޅި އާއި އަންނައުނު ފަދަ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. އަދި ވަޅިން ގާސިމްގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގާސިމް މަރާލީ އޮޅުވާލައިގެން އޭނާގެ ޓެކްސީގައި ގެންގޮސް ހުޅުމާލޭ މީހުން ނޫޅޭ ހިސާބުގަނޑެއްގައި އެވެ. އަދުހަމް އާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ގާސިމް މަރުވީ އަދުހަމް އޭނާއަތުން ފޭރެން އުޅުމުގެ ތެރޭގައި ކަރަށް ވަޅިން ހަމަލާދިނުމުންނެވެ.
ގާސިމް މަރާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް