މިއަހަރު މުޅިން އަލަށް13 ރިސޯތެއް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ.
މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ13 ރިސޯޓެއްގެ އިތުރުން74 ގެސްޓު ހައުސް މިއަހަރު ހުޅުވާނެ ކަމަށެވެ. އެ ތަންތަނާ އެކު، ރާއްޖޭގައި އަލަށް 1،300 ޓޫރިސްޓް އެނދު އުފެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް ދެކެމުން އަންނަ އުއްމީދުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން 2021 ނިމުމުގެ ކުރިން ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން، މަސައްކަތަކަށް ވާނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް ދެ އަހަރު، ކޮންމެ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ.
"ފަތުރުވެރިކަމުގެ ދާއިރާ އިން އަޅުގަނޑުމެން އަމާޒުހިފި މިސްރާބަށް، މާތް ﷲގެ ވާގިފުޅާ އެކު، މިދިއަ އަހަރު ވާސިލްވެވުނުކަން އުފަލާ އެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް1.5 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. އެއީ14 ޕަސެންޓުގެ ކުރި އެރުމެކެވެ.
މިއަހަރު އަލަށް ހުޅުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތަކުގެ އަދަދު ރައީސް މިއަދު ހާމަކުރެއްވި އިރު މިިހާރު ރާއްޖޭގައި158 ރިސޯޓު ހިންގަ އެވެ. އަދި607 ގެސްޓު ހައުސް ހިންގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް