ރިޔާސީ ބަޔާން އިއްވި ވަގުތު އިދިކޮޅުން ޔާމީންގެ ދިފާއުގައި ހިމޭން މުޒާހަރާއެއް

މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވި ވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިމޭންކަމުގެ މުޒާހަރާއެއް ކޮށްފި އެވެ. މިއަދު ޖަލްސާއ...

03 Feb 2020 | 05:56

މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވި ވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިމޭންކަމުގެ މުޒާހަރާއެއް ކޮށްފި އެވެ.

މިއަދު ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިގެންނެވީވެސް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކާއި އެކު އެވެ. ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި އިރު އިދިކޮޅު މެންބަރުން ތިއްބެވީ ޕޯސްޓަރުތައް މައްޗަށް ނަގައި ރިޔާސަތުގެ ކުރިމަތީގައި އެވެ.

އެކަމަކު މި އިހުތިޖާޖުތަކުގައި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އޭނާ ޖަލްސާގައި އިންނެވި އެވެ.

ރައީސް ޔާމީނަށް ޖަލަށް ލީންސުރެ އިދިކޮޅު މެންބަރުން ގެންދަވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ކޮންމެ ޖައްސާއެއްގައިވެސް އަޑުގަދަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް