ރާއްޖެއިން ޓެސްޓު ކުރި މީހާ ގައިގަ ކޮރޯނާ ވައިރަސްއެއް ނެތް

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި ޒުވާނާގެ ގައި ކޮރޯނާ ވައިރަސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މަޖިލީސް މިއަހަރަށް ހުޅުވު...

03 Feb 2020 | 05:15

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި ޒުވާނާގެ ގައި ކޮރޯނާ ވައިރަސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރި އެއްވެސް މީހެއް އެ ބައްޔަށް ޕޮސިޓިވް ވެފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފަ ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

https://twitter.com/HPA_MV/status/1224183863619944448

މިދިޔަ ބުދަ ދުވަހުގެ ރޭ ޗައިނާއިން ރާއްޖެ އައި20 އަހަރުގެ އެމީހާ ކަރަންޓީން ކުރީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އޭނާ އެއާޕޯޓުން ސްކްްރީން ކުރުމަށް ފަހު ދޫކޮށްލީ ހުމުގެ އަސަރު ނެތުމުން ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އަނެއް ދުވަހު އޭނާ ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ރޯގާގެ އަލާމާތްތައް ހުރުމުންނެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ބަހައްޓާފައި ހުރީ ކ. ފުނަދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް