އިންޑިއާއިން ރާއްޖެ އަށް ދޭ އެހީތެރިކަން އިތުރު ކުރަނީ

އިންޑިއާ އިން ރާއްޖެ އަށް ދެމުން އަންނަ މާލީ އެހީތެރިކަން ހަތަރު ގުނަ އިތުރު ކުރަން އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ. ހުކުރު ދުވަހު އިންޑިއާގެ އެކްޓިން ފިނޭންސް މިނިސްޓަރު ގާނޫނު ހަދާ މަޖިލީހަށް...

03 Feb 2019 | 06:33

އިންޑިއާ އިން ރާއްޖެ އަށް ދެމުން އަންނަ މާލީ އެހީތެރިކަން ހަތަރު ގުނަ އިތުރު ކުރަން އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ހުކުރު ދުވަހު އިންޑިއާގެ އެކްޓިން ފިނޭންސް މިނިސްޓަރު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި މި އަހަރާއި އަންނަ އަހަރާ ދެމެދު ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް 5.6 ބިލިޔަން ރުޕީސް (80.8 މިލިޔަން ޑޮލަރު) ހިމަނާފައި ވެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން އެ ގައުމުން އުންމީދުކުރަނީ ރާއްޖޭގައި މިހާރު ފަށާފައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެހީތެރިވުމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހައުސިން އަދި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކާއި ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައި ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީތައް ހަތަރު ގުނަ އިތުރުކުރަން ބަޖެޓްކޮށްފައިވާއިރު، ރައީސް ސޯލިހު މިދިޔަ ޑިސެންބަރު މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލީޓީ އެއް ވެސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް