ރައީސް މައުމޫންގެ ތާއީދާއެކު 32 އަށްވުރެ ގިނަ ދާއިރާއަށް ވާދަކުރަން ނިންމައިފި

އަންނަ އޭޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާއެކު 32 އަށްވުރެ ގިނަ ދާރިއާއަށް ވާދަކުރަން ނިންމާފައިވާކަމުގައި މައުމޫން ރިފޯމް މޫވްމަނ...

03 Feb 2019 | 06:24

އަންނަ އޭޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާއެކު 32 އަށްވުރެ ގިނަ ދާރިއާއަށް ވާދަކުރަން ނިންމާފައިވާކަމުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމްއިން މިކަން ހާމަކޮށްފައިވަނީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރްގްރާމްގައެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއާރުއެމްގައި އިސްކޮށް ހަރަތާތްތެރިވަމުން އަންނަ އަބްދުލް އަލީމް ވިދާޅުވީ ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން 108 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށާއި މިހާރު އެ ހުރިހާ ފަރާތްތަކަކާއި އިންޓަވިއުކޮށް ނިމިފައިވާކަމަށެވެ. އަދި 32 އަށްވުރެ ގިނަ ދާއިރާއަށް ވާދަކުރަން ނިންމައި އެފަރާތްތަކަށް އެކަން އަންގާފައިވާކަމުގައިވެސް އަލީމް ވިދާޅުވިއެވެ.

އެ ދާއިރާތަކަކީ ކޮބައި ކަމާއި ރައީސް މައުމޫންގެ ތާއިދާއެކު ނިކުންނަ ފަރާތްކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މާދަމާ އެކަން ހާމަކުރާނެ ކަމުގައި އެމްއާރުއެމްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް