މައުމޫނުގެ ސަޕޯޓާއި އެކު ޒިޔަތު ހެންވޭރި އުތުރު ދާއިރާއަށް

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްޓީސީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔަތު، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ...

03 Feb 2019 | 05:38

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްޓީސީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔަތު، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް މައުމޫނުގެ ސަޕޯޓާއިއެކު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ޒިޔަތު ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާކަން ހާމަކުރައްވާފައި ވަނީ ރޭގެ ވަގުތެއްގައި، ކުރީގެ ރައީސް މައުމޫނަށް ޓެގު ކުރައްވާ، ކުރައްވާފައިވާ ޓްވީޓެއްގައެވެ.

https://twitter.com/maumoonagayoom/status/1091767020394229760

ޒިޔަތުގެ އެ ޓުވީޓާ ގުޅިގެން ރައީސް މައުމޫނު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެ، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ޓުވީޓު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔަ އިރު ވެސް އެމްޓީސީސީގެ އެމްޑީ އަދި ސީއީއޯ އަކަށް ހުންނެވީ ޒިޔަތުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް