މި ޒުވާނާ ހަތަރު މަހުން 31 ކިލޯ ދުއްވާލުމުގެ ސިއްރަކީ ގިތެޔޮ

ނަމަކީ ޑރ. ޕްރާކްޝީ ތަލްވާރެވެ. އުމުރުން 26 އަހަރުގެ މި ޒުވާނާ އަކީ ޑެންޓިސްޓެކެވެ. މީގެ ހަތަރު މަސް ކުރިން ބަރުދަނުގައި 97 ކިލޯ ހުރި ނަމަވެސް އެންމެ ހަތަރު މަހުގައި ކުރި ހިތްވަރުން ޕްރާކްޝީ މި ވަނީ ބ...

03 Feb 2019 | 03:25

ނަމަކީ ޑރ. ޕްރާކްޝީ ތަލްވާރެވެ. އުމުރުން 26 އަހަރުގެ މި ޒުވާނާ އަކީ ޑެންޓިސްޓެކެވެ.

މީގެ ހަތަރު މަސް ކުރިން ބަރުދަނުގައި 97 ކިލޯ ހުރި ނަމަވެސް އެންމެ ހަތަރު މަހުގައި ކުރި ހިތްވަރުން ޕްރާކްޝީ މި ވަނީ ބަރުދަނުން 31 ކިލޯ ދުއްވާލާފައެވެ.

ޕްރާކްޝީ ބުނެފައިވާގޮތުގައި އޭނާ ހިކެން ނިންމީ އިންޑިއާގެ ސިފައިންގެއަށް ވަޒީފާއަށް ވަނުމަށް އެޕްލައި ކުރުމުން ހިކެން އެމީހުން ރެކޮމެންޑް ކުރުމުންނެވެ.

ޕްރާކްޝީ ބުނެފައިވާގޮތުގައި ހެނދުނުގެ ނާސްތާއަށް އޭނާ ހިޔާރު ކުރަނީ ގިތެޔޮ ބޭނުންކޮށްގެން ތައްޔާރުކުރާ ބައެއް ކާނާއެވެ. އެގޮތުން ޕޯހާ (އަވެލި ބޭނުންކޮށްގެން ކައްކާ ބަތެއް) ނުވަތަ އުޕްމާ (ރަވާ ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެއް) ނުވަތަ އުއްޓަޕަމް (ހަނޑުލުފުށް ބޭނުންކޮށްގެން ހަދާ ކެއުމެއް) އަދި ހެނދުނުގެ ނާސްތާގައި ބިސްގަނޑު އަޅަނީވެސް ގިތެޔޮ ބޭނުންކޮށްގެން ކަމުގައި ޕްރާކްޝީ ބުނެފައިވެއެވެ.

މެންދުރު ކެއުމަށް ޕްރާކްޝީ ހިޔާރު ކުރަމުން ދިޔައީ ހަމަ އެކަނި ސެލެޑެވެ. ސްޕްރައުޓް ސެލެޑް ނުވަތަ ޗިކްޕީ ސެލެޑް ނުވަތަ ރޯސްޓެޑް ކޯން ކޮބެވެ. ހަވީރު އަލަނާސި ޖޫސް ތައްޓެއް ނުވަތަ ލުބޯ ފަންޏެއް ހިޔާރުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ރޭގަނޑުގެ ނާސްތާއަށް މުގު ތައްޔާރު ކުރަނީވެސް ގިތެޔޮ ބޭނުންކޮށްގެން ކަމަށް ޕްރާކްޝީ ބުނެފައިވެއެވެ. އޭނާ ބުނެފައިވާގޮތުގައި ގިތެޔޮ ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ފެޓީ އެސިޑްސް ލިބުމުގެ އިތުރުން "ފުޑް ކްރޭވިންގްސް" އަށް ހައްލު ލިބެއެވެ.

ނަމަވެސް ނުކާން ހުއްޓަސް ބައެއް ފަހަރު މޯމޯސް އާއި ގޯލް ގައްޕާސް އާއި ޗިލީ ޕޮޓޭޓޯސް ކެވޭ ކަމަށް ޕްރާކްޝީ ބުނެފައިވެއެވެ.

ހިކެން ކުރި މަސައްކަތުގައި ޕްރާކްޝީ ކަސްރަތުވެސް ކުރިއެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ޔޯގާ ކުރާ ކަމަށާއި އަދި ނިދުމުގެ ކުރިން ކަސްރަތު ކުރާ ކަމަށް ބުނެފައިވެއެވެ. އަދި ޒުމްބާ އާއި ބަންގްރާ އާއި ހީޓް ކުރިއަށް ގެންދިޔަ ކަމަށާއި ދުވާލަކު މަދުވެގެން 30 މިނެޓު ހިނގާލުމުގަ ހޭދަކުރާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް