ޑްރޯން އަރުވައިގެން ލަންކާ އެއާޕޯޓް ވީޑިއޯކުރި ކަމުގެ ތުހުމަތުގައި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ މީޑިއާގައި ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ޒުވާން ކުދިންތަކެކެވެ. އެގޮތުން އެކުދިންގެ އުމުރަކީ 19 އަހަރާއި 23 އަހަރާއި ދެމެދު ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި އަންހެން ކުއްޖަކުވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ވީޑިއޯ ކުރި މައްސަލައެއްގައެވެ. މި ހަތަރު މީހުން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމުގައިވެސް ލަންކާ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު ލަންކާގެ ގާނޫނު ބުނާގޮތުން 200 ގުރާމަށްވުރެ ބަރު ޑްރޯން އަރުވާނަމަ ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. އެއާޕޯޓަކާއި އަށް ކިލޯމީޓަރު ކައިރިން ޑްރޯން އެރުވުމަކީވެސް ލަންކާގައި މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް