މައި ކޮލެޖުން "ފަން ރަން"ގެ ނަމުގަ އިއްޔެ ހަވީރު ދުވުމެއް ކުރިއަށް ގެންގޮސްފިއެވެ. ހުޅުމާލޭގައި މި ދުވުން ކުރިއަށް ގޮސްފައިވަނީ މައި ކޮލެޖްގެ ދަރިވަރުން އަދި ޢާއްމު ފަރާތްތަކާއި އެކުގައެވެ.
މި ދުވުން ކުރިއަށް ގެންދިޔައީ މައި ކޮލެޖް ހުޅުމާލޭ ކެންޕަސް ކުރިމަތިން ފެށިގެން 5 ކިލޯ މީޓަރގެ ރޫޓަކަށެވެ. މައި ކޮލެޖަކީ ސިއްޚަތަށް ރަނގަޅު، ދުޅަހެޔޮކަން ލިބިދޭ ކަންކަމަށް އިސްކަން ދޭ ކޮލެޖެއްކަށް ފާހަގަ ކޮއްލެވެއެވެ. އެގޮތުން ކުޑަ ހަސަން މެރެތަންގައި އެ ކޮލެޖެގެ ޓީމެއް މިދިޔަ އަހަރު ވަނީ ބައިވެރި ވެފައެވެ.
ދުވުން ފެއްޓުމުގެ ކުރިން ބައިވެރިންނާއި މުޚާތަބު ކުރައްވަމުން މައި ކޮލެޖްގެ ކުރީގެ ރެކްޓާރ އަދި އެޑިޔުކޭޝަންގައި މަސައްކަތް ކޮށްފައިވާ ޑރ. ޢާމާލް އަލީ ވިދާލުވީ "މައި ކޮލެޖުން އަބަދުވެސް ސިއްޙަތަށް ފައިދާހުރި މިފަދަ ކަންކަމަށް އިސްކަންދޭ" ކަމަށެވެ.
އަދި ކޮލެޖްގެ ފަރާތުން މިހާރު ކޮލެޖްގެ އެކްޓިން ރެކްޓާރ، ލަމްޔާ އބ. ޚާދީ އަދި ހުޅުމާލޭ ކެންޕަސް ހިންގުމަށް ހަވާލުވެ ހުންނެވި، މޫސާ ފަތުހީ ވަނީ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާއި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.
މީގެ ކުރިންވެސް މިފަދަ ދުވުންތަށް މައި ކޮލެޖުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް