ފެނަކަ އަދި އެމްއާރުޑީސީގެ އިމާރާތެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ވަނީ ލިބިފައި: ޝަރީފް

ފެނަކަ ކޯޕަރޭޝަންގެ އިމާރާތަކާއި އެމްއާރުޑީސީގެ އިމާރާތެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ލިބިފައިވާކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. ޝަރީފް މިހެން ވި...

03 Feb 2018 | 11:36

ފެނަކަ ކޯޕަރޭޝަންގެ އިމާރާތަކާއި އެމްއާރުޑީސީގެ އިމާރާތެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ލިބިފައިވާކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

ޝަރީފް ވިދާޅުވީ ފޮނުވީ ކާކުކަން ނޭންގޭ ގޮތަށް ފެނަކައިގެ ބްރާންޗަކަށް މެސެޖެއް އައިސްފައި އެބަ އޮތް ކަމަށާއި މެސެޖުގައި އޮތީ ފެނަކަ އަދި އެމްއާރުޑީސީގެ އިމާރާތެއްގައި ބަޔަކު ރޯކޮށްލަން އުޅޭ ވާހަކަ ކަމަށެވެ. އަދި އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް