އަމުރު ތަންފީޒު ކުރުމުގައި އޭޖީ ޕީޖީގެ ދައުރެއް ނޯންނާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމުގައި އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ސީދާ ދައުރެއް ނޯންނާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ. ...

03 Feb 2018 | 11:01

ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމުގައި އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ސީދާ ދައުރެއް ނޯންނާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އަމުރު ތަންފީޒު ކުރުމުގައި ބަލަންޖެހޭ ޑިއު ޕްރޮސެސް އަކީ އަމަލުގައިވާގޮތަށް އަމަލުކުރުން ކަމަށާއި ގާނޫނު ބުނަނީ އަމުރު ރައްދު ކޮންމެ ފަރާތެއްގެ މައްޗަށް އަމުރު ތަންފީޒު ކުރުން ލާޒިމް ކަމުގައި ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި އެ އަމުރު ތަންފީޒު ކުރަން ޖެހޭ މުއައްސަސާތަކުން އަދި އެއްވެސް މިންވަރަކަށް އެ އަމުރުގައި ހިމެނޭ ކަމެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް