ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މަގާމުން ވަކި ކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ ގެ މަގާމުގައި ހުންނެވި އަޙްމަދު ސަޢުދީ އެ މަގާމުން ވަކި ކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ޤާނޫނު ނަންބަރު 20...

03 Feb 2018 | 09:15

ޑެޕިއުޓީ ކޮމިޝަނަރ ގެ މަގާމުގައި ހުންނެވި އަޙްމަދު ސަޢުދީ އެ މަގާމުން ވަކި ކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހއ. ހޯރަފުށި، އަލިމަސްގެ އަޙްމަދު ސަޢުދީ އެމަޤާމުން ވަކިކުރައްވާފައި ވާކަމަށެވެ.

ސައުދީ ވަކި ކުރައްވާފައިވާއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަރީފުވެސް ވަނީ ވަކި ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް