އިސްޓަގްރާމަށް ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން އިނާމެއްގެ ގޮތުގައި 25 ހާސް ރުފިޔާ ލިބިގެންދާ "އިސްޓަގްރާމް ޗެލެންޖް" އެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނު ކޮށްފި އެވެ.
ބީއެމްއެލް އިން މި ޗެލެންޖް އިއުލާނު ކޮށްފައިވަނީ އެ ބޭންކުން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުންނެވެ.
މި ޗެލެންޖްގައި ބައިވެރިވާން ބޭނުން ނަމަ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތައް #AharengeRaajje މި ހޭޝްޓެގާއެކު ޕޯސްޓް ކުރަމުން ގެންދަންވީ އެވެ. މި ޗެލެންޖު މި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ. ބީއެމްއެލްގެ އިންސްޓްގްރާމް މި ޗެލެންގައި 25 ހާސްރުފިޔާގެ އިނާމުގެ އިތުރުން އިތުރު ފަސް ފަރާތެއް ހޮވާނެ އެވެ.
ބޭންކުން ހާމަކޮށްފައިވާގޮތުގައި މި ޗެލެންޖުގައި އެންމެ ރީތި ފޮޓޯ ހޮވާނީ ހާއްސަ ޕެނަލަކުން ކަމަށެވެ. އަދި ބޭންކުން ނަގާފައިވާ މި ޕެނަލުގައި ދާއިރާގެ ތަޖުރިބާކާރުން ވެސް ތިބޭނެ ކަމުގައިވެސް ބީއެމްއެލްއިން ހާމަކުރެ އެވެ.
ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ މުޖުތަމައަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިން މި ހިނގާ ފެބްރުއަރީ މަހު ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އެގޮތުން މި މަހުގެ ކޮންމެ ދުވަހަކު ހާއްސަ ކަމެއް ކުރިއަށްދާނެ ކަމުގައި އެ ބޭންކުން ހާމަކޮށްފައިވާއިރު މި ކެމްޕޭންގެ ދަށުން ބީއެމްއެލްއިން އިއްޔެ ވަނީ ބާސްކެޓް ކޯޓެއް ހުޅުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް