ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން އޮތް ނަމަވެސް އެ ޖަލްސާ ކެންސަލް ކޮށް އެކަމުގެ މެސެޖު މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާކަމުގައި ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުން މެމްބަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ސަލާމަތީ ސަބަބުތަކަށްޓަކައި، އެދުވަހު ބޭއްވެވެން ނެތް ކަމަށާއި އަދި ވީހާވެސް އަވަހަށް އެ ޖަލްސާ ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ދަންނަވަން މަޖިލީހުގެ ރައީސް ވިދާޅިވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް