ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި، ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
އެ އިދާރާގެ އަމީންއާންމު އަހުމަދު މުހައްމަދު، ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި އޭގައިވާގޮތަށް އަމަލު ކުރާނެ ކަމަށެވެ. ގޮނޑި ނުގެއްލޭ ކަމަށް ހުކުމުގައި ކަނޑައެޅި މެމްބަރުންނަށް ކުރިއަށް އޮތްތަނުގައި ބާއްވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރުގައި، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ކަނޑައަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް