މައި ޖަލުގެ ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

މާފުށީ ޖަލުގެ އިސް ވެރިޔާ، ޑިރެކްޓަރ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައި އެވެ. ...

03 Feb 2018 | 07:35

މާފުށީ ޖަލުގެ އިސް ވެރިޔާ، ޑިރެކްޓަރ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.

ކަރެކްޝަންސްގައި 13 އަހަރު ވަޒީފާ އަދާކުރައްވާފައިވާ ސަލްމާން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިސްތިއުފާ ދޭން ނިންމި ނިންމުމަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލައަށް ނިންމި ނިންމުމެއް ކަމަށާއި އިސްތިއުފާ ދެއްވީ މިވަގުތު ވަޒީފާގައި ހުންނަން ބޭނުންފުޅުނުވާތީ ކަމަށެވެ.

ސަލްމާން އިސްތިއުފާ ދެއްވާފައިވާއިރު ޖަލުގައި ތިބި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައި އެވެ. ނަމަވެސް އެ އަމުރަށް 24 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރުވެސް ކަމާބެހޭ މުއައްސަސާތަކުން މި އަމުރު ތަންފީޒު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް