ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅާ ފަރާތްތަކާއިމެދު ބައިނަލްއަގްވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާ ޖެނެރަލް ޝިޔާމް އަށާއި އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާންވީ ހަގީގަތަކީ، މުޅި ދުނިޔެ ގޮވަނީ ހުކުމް ތަންފީޒު ކުރުމަށް ކަމަށެވެ.
އެކަން ނުކޮށްފިނަމަ، އެކަމަށް ހުރަސް އަޅުއްވާ އެންމެ ބޭފުޅުންގެ މައްޗަށް ބައިނަލްއަގްވާމމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތް ކަމުގައިވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް