މޭޔަރަކަށް ކުރިމަތިލާނަން: ޝިފާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މާލޭގެ މިހާރުގެވެސް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ. ޝިފާ މިއަދު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށ...

03 Jan 2020 | 11:48

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މާލޭގެ މިހާރުގެވެސް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިއަދު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމުގައި ހުންނެވި ކަމަށެވެ

ޝިފާ ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މީގެ ތިން މަސްދުވަސް ކުރިން އިއުލާނު ކޮށްފައިވާނެ ކަމަށާ އަދިވެސް ހުންނެވީ އެ ނިންމުމުގެ މަތީގައި ކަމަށެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގިނަ ބޭފުޅުންތަކެއް ގެންދަވަނީ ފާޅުކުރައްވަމުންނެވެ.

ނިމިދިޔަ ދެ ދައުރުވެސް މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޝިފާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް