ރޭގެ ވަގުތެއްގައި ދޯންޏަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ނުފެންނަ ކަމަށާއި މި އޮޕަރޭޝަނުގައި 120 ނޯޓިކަލް މޭލުގައި ބަލާ ގޮތަށް މިއަދު ހަމަޖެހިފައިވާ ކަމަށް މޯލްޑިވުސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފިޓިނެންޓް ކާނަލް އަހުމަދު މުޖުތަބާ ވިދާޅުވީ ޑިންގީ ގެއްލުނު ސަރަހައްދުން ވަޅިއާއި ކަންވާރު ރޯލު ފަދަ ތަކެތި ފެންނަކަމަށާއި އެހެންނަމަވެސް އެ ތަކެއްޗަކީ ސީދާ ޑިންގީން ގެއްލުނު ތަކެތި ކަމަށް ދަންނަވަން އަދި ދަތި ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ ދެ އުޅަނދުވެސް އައީ ދުއްވާފައި ކަމަށާއި ލޯންޗު އައީ އިތުރުން ދެކުނަށް ކަމަށާއި ޑިންޑީއައީ ދެކުނުން އިތުރަށް ކަހަލަ ގޮތަކަށް ކަމަށް މުޖުތަބާ ވިދާޅުވިއެވެ
އެކްސިޑެންޓްގައި ކަނޑަށް ގެއްލިފައިވަނީ ބ. އޭދަފުށީ، މުސްތަރީގެ 41 އަހަރުގެ ނަސްރުއްﷲ އަބްދުﷲއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހާ އަދި ނުފެންނަ ކަމަށާއި ކޯސްޓްގާޑުގެ ލޯންޗު ކަނޑުގެ ސާފޭސް ދަނީ ބަލަމުން ކަމަށެވެ. ޑައިވަރުންވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް