ބުރިޖުގައި ދެ ސައިކަލު ޖެހި، އަންހެނެއްގެ އަތް ބިދިއްޖެ

ސިނަމާލެ ބުރިޖުން ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 8:30 ހާއިރު މާލޭން ހުޅުމާލެއަށް، ބުރިޖު މަތިން ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި އެ...

03 Jan 2020 | 10:29

ސިނަމާލެ ބުރިޖުން ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:30 ހާއިރު މާލޭން ހުޅުމާލެއަށް، ބުރިޖު މަތިން ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ

އެކްސިޑެންޓްގައި 34 އަހަރުގެ އަންހެން މީހާގެ އަތް ބިންދައިގެން ދިޔުމުން ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް