މަގޫދޫ ކައުންސިލް ރައީސްގެ ސައިކަލް އަންދާލައިފި

ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ބޭނުންކުރައްވަމުން ދިޔަ ސައިކަލްއެއް ރޯކޮށްލައިފި އެވެ. ވަހީދު ވިދާޅުވީ އެ ސައިކަލްގައި ރޯ ކޮށްލީ ރޭ ދަންވަރު ފަހުން ކަމަށެވެ. ވަހީދު ވިދާޅުވީ ރޯކޮށްލައިފަ...

03 Jan 2020 | 09:27

ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ބޭނުންކުރައްވަމުން ދިޔަ ސައިކަލްއެއް ރޯކޮށްލައިފި އެވެ.

ވަހީދު ވިދާޅުވީ އެ ސައިކަލްގައި ރޯ ކޮށްލީ ރޭ ދަންވަރު ފަހުން ކަމަށެވެ.

ވަހީދު ވިދާޅުވީ ރޯކޮށްލައިފައިވަނީ ވޭވް ބްރޭންޑްގެ ސައިކަލެއް ކަމަށާއި އެ ސައިކަލްއަކީ އޭނާގެ ކޮއްކޮފެ ފިރިމީހާގެ ސައިކަލެއް ކަމަށެވެ.

ވަހީދު ވިދާޅުވީ ސައިކަލްގައި ރޯކޮށްލަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި އަދި އެކަމާމެދު ވަކި މީހަކަށް ޝައްކުވެސް ނުކުރެވޭ ކަމަށެވެ

އެ ސައިކަލްގައި ރޯކޮށްލައިފައިވަނީ ވަހީދު ދިރިއުޅުއްވާ ގޭގެ ދޮރުމަތީ ޕާކްކޮށްފައި ހުއްޓައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް